4 ޒޯނަކަށް ބަހާލައިގެން ރާއްޖެ ރިސޯޓް ވޮލީ ލީގު ފަށައިފި
ޔޫޝައު ހަސަން | 08 ޖުލައި 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގު ފަށައިފިއެވެ.

ހަމައެކަނި މުބާރާތުގައި ބައިވެރިވާ ރިޒޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުޅެވޭގޮތަށް ފަރުމާކުރެވިގެން ރޭވިފައިވާ މު މުބާރާތުގެ ފުރަތަމަ ޒޯން، ދެކުނު މާލެ ލީގުގެ ކުޅުން މި މަހުގެ 4 ވަނަ ދުވަހު ފަށައިފައިވާއިރު މި ޒޯންގެ މެޗްތައް ކުރިއަށް ދަނީ ސަން ޝިޔާމް އޮޅުވެލި މޯލްޑިވްސްގައެވެ.

މި މުބާރާތް ފެށުމުގެ ގޮތުން މުބާރަތުގެ ފުރަތަމަ މެޗާއި މުބާރާތް ފެށުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރޯ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރ ޢަބްދުލް ރައްޒާޤް އިބްރާހީމެވެ. އެ މަނިކުފާނުގެ އިތުރުން މި ރަސްމިޔާތުގައި ސަން ސިޔާމް އޮޅުވެލީގެ ޖެނެރަލް މެނޭޖަރ އަދި ސަން ސިޔާމް ރިޒޯޓްސްގެ އެސިސްޓެންޓް ގްރޫޕް ޖެނެރަލް މެނޭޖަރ ޙަސަން ޢާދިލް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަޙްމަދު އިސްމާޢީލް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަޙްމަދު މުންތަޤިމް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ތަމޫ ސަޢީދު އަދި ވީ.އޭ.އެމް.ގެ ނައިބު ރައީސް ޢަލީ ލަޠީފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރިޒޯޓް ލީގު ފެށުމުގެ ރަސްމިޔާތުގެ ތެރެއިން – ފޮޓޯ/ޑިޖިޓަލް ސްޓޫޑިއޯ

މުބާރާތް ހުޅުވާ މެޗްގައި ބައްދަލުކޮށްފައިވަނީ، ސަން ޝިޔާމް އޮޅުވެލި މޯލްޑިވްސް އަދި ހޮލިޑޭ އިން ރިޒޯޓެވެ.

މި މެޗް 25 – 19، 25 – 23 އަދި 25 – 22 އިން ސަން ޝިޔާމް އޮޅުވެލި މޯލްޑިވަސް ކާމިޔާބުކޮށްފައި ވާއިރު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، އެ ޓީމުގެ ޖަރސީ ނަމްބަރު 17 މާރިފް އަލީ ނަސީރެވެ.

ރާއްޖެ ރިޒޯޓް ލީގުގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ/ޑިޖިޓަލް ސްޓޫޑިއޯ

މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު

  • އުތުރު މާލެ ލީގު

  • ބ. ލީގު

  • އއ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.

ގުޅުންހުރި ލިޔުންތައް