ގައުމީ ވޮލީބޯޅަ ލީގު – ހުރާ ބަލިކޮށް ސިފައިން ލީގު ފެށީ އިތުބާރާއެކު!
ޔޫޝައު ހަސަން | 07 ޖުލައި 2025

ގައުމީ ވޮލިބޯޅަ ލީގުގައި ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީ ލީގު އިތުބާރާއެކު ފަށައިފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ދިޔަ މެޗްގެ ފުރަތަމަ ސެޓްގައި ވާދަވެރި ކުޅުމެއް ފެނިގެން ގޮއްސައިވާއިރު ދެޓީމުގެ ފަރާތުންވެސް ބާރު ހަމަލާތަކެއް ފޮނުވާލައި މޮޅު ޕޮއިންޓްތަކެއް ނެގިތަން ފެނިގެން ދިޔައެވެ.

މި ސެޓް 25-20 އިން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބެވެ. ޖެހިގެން އަދި ދެވަނަ ސެޓްގައި ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު 25 – 20 އިންނެވެ. އެހެން ނަމަވެސް ސިފައިންގެ ޓީމުން އިތުރަށް ކުޅުން ވަރުގަދަކޮށް ޖެހިގެން އައި ތިން ވަނަ ސެޓް 25 -17 އިން ކާމިޔާބު ކުރިއެވެ. ލީގުގެ ކޮންމެ ޕޮއިންޓެއްގެވެސް މުހިއްމުކަން ދެޓީމުގެ ކުޅުމުންވެސް ފެނިގެން ދިޔަ ހަތަރު ވަނަ ސެޓްގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މި ސެޓްގައި ގިނަ ވަގުތު ކުރީގައި އޮވެގެން ކުޅެފައި ވަނީ ހުރާ ޓީމުންނެވެ. އެހެން ނަމަވެސް ފަހު ވަގުތު ކުރިއަށް އަރައި 25 – 23 އިން މި ސެޓް ކާމިޔާބުކޮށް މި މެޗު 3 ޕޮއިންޓާއެކު ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ކްލަބެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ކްލަބުގެ ލުއިޒްއެވެ.

ގައުމީ ލީގުގައި ހުރާ އަދި ސިފައިން ބައްދަލު ކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ/ ވީއޭއެމް

 

5 ޓީމު ކޮލިފައިވެގެން ކުރިއަށް ގެންދާ ގައުމީ ވޮލީބޯޅަ ލީގުގައި ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމުތައް ގިންތި ކުރެވޭއިރު މިއަދާއި މިރޭ ވެސް ލީގުގެ މެޗްތައް ކުރިއަށް ދާނެއެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގަށްފަހު މި މަހުގެ 11 އިން 14 އަށް ގައުމީ ވޮލީބޯޅަ މުބާރާތް ކުރިއަށް ދާއިރު އެ މުބާރާތަށް ކޮލިފައިވާނީ ގައުމީ ވޮލީލީގުގެ ގަދަ 4 ޓީމެވެ.

 

ގުޅުންހުރި ލިޔުންތައް