ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް ވީއޭއެމް ކަޕް 2025 ގެ ތިންވަނައަށް ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދަތުރުކޮށްފިއެވެ.
މިދިޔަ މަހުގެ 2025 ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ މި މުބާރާތުގެ ތިން ވަނަ ހޮވާ މެޗް އިއްޔެ ހަވީރު ކުޅުނު އިރު މި މެޗްގައި ބައްދަލު ކުރި ދެ ޓީމަކީ މުބާރާތުގެ ސެމީ ފައިނަލުގައި ބަލިިވި ދެޓީމެވެ. ހުރާ ކޮމިއުނިޓީ ކްލަބް ސެމީ ފައިނަލުގައި ބަލިވީ ދިވެހި ސިފައިންގެ ކްލަބާއި ވާދަކޮށެވެ. އަދި ދަނޑިމަގު ޓީމު ސެމީގައި ބަލިވީ ކްލަބް އެޗްޑީސީއާއި ވާދަކޮށެވެ.
މެޗްގެ ސެޓްތައް ދަނޑިމަގުން ގެނައީ 25 – 20، 25 – 10 އަދި 25 – 17 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ޖަރސީ ނަމްބަރު 12 އަލީ ހުޒާމުއެވެ.
މި އަހަރުގެ ސީޒަންގައި ހިމެނޭ ގައުމީ ވޮލީ ބޯޅަ ލީގަށް މި އަހަރު ކޮލިފައިވާގޮތަށް ހަމަ ޖެހިފައި ވަނީ 5 ޓީމެވެ. އެގޮތުން ލީގަށް ކޮލިފައިވެފައިވަނީ ޗެމްޕިއަން ސިފައިންގެ ކްލަބާއި ދެވަނަ އަށް ދިޔަ އެޗްޑީސީއާއި ތިންވަނަ އަށް ދިޔަ ދަނޑިމަގު ޓީމުގެ އިތުރުން ހަތަރުވަނަ ޓީމު ހުރާ އަދި ފަސްވަނަ ޓީމު ޕޮލިސް ކްލަބެވެ.
ގައުމީ ވޮލީބޯޅަ ލީގު ކުރިއަށް ދާނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.