މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް ކަޕް 2025 ގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް މުބާރާތުގެ ފައިނަލަށް ދިވެހި ސިފައިންގެ ކްލަބް ދަތުރުކޮށްފިއެވެ.
ރޭގެ މެޗް ސިފައިން ކާމިޔާބުކޮށްފައި ވަނީ ސީދާ ތިން ސެޓުން 25 – 20 ، 25 – 21 އަދި 25 – 22 ގެ ނަތީޖާއަކުންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ޓީމުގެ ޝާހިދު (ޖނ:6) އެވެ.
މި ނަތީޖާއާއެކު މި މުބާރާތުފެ ފައިނަލްގައި ސިފައިންނާއި އެޗްޑީސީ ބައްދަލުކުރާ އިރު މިއީ މި މުބާރާތުގެ ފައިނަލްގައި މި ދެޓީމު ބައްދަލުކުރާ 3 ވަނަ އަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
މުބާރާތުގެ ފައިނަލް މެޗް އަދި ތިން ވަނަ ހޮވާ މެޗް ކުރިއަށް ދާނީ މިއަދުއެވެ.
މިއަދު ހަވީރު 16:30 ގައި އޮންނަ ތިންވަނަ ހޮވާ މެޗްގައި ބައްދަލު ކުރާނީ ދަނޑިމަގު އަދި ހުރާއެވެ. ފައިނަލް މެޗް އޮންނާނީ މިރޭ 20:30 ގައެވެ.