ވީއޭއެމް ކަޕް – ދަނޑިމަގު ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ އެޗްޑީސީއަށް!
ޔޫޝައު ހަސަން | 02 ޖުލައި 2025

މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް ކަޕް 2025 ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ފުވައްމުލަކު ދަނދިމަގު ސްޕޯޓްސް ކްލަބް ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާފަ އެޗްޑީސީން ހޯދައިފިއެވެ.

ހަމަ ހަމަ ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ސެމީ ފައިނަލް މެޗްގެ އެޗްޑީސީން ކާމިޔާބުކޮށްފައި ވަނީ، 28 – 26، 25 – 21، 25 – 19، 25 – 22 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީ ގެ ޖިރާލްޑޯ (ޖނ: 10)އެވެ.

މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލު ކުރީ ހުރާ ކޮމިއުނިޓީ ކްލަބް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

މުބާރާތުގެ ފައިނަލް މެޗް އަދި ތިން ވަނަ ހޮވާ މެޗް ކުރިއަށް ދާނީ މިއަދުއެވެ.

ގުޅުންހުރި ލިޔުންތައް