އެއަރޕޯޓް މަގު ހަދާތީ ފުރާމީހުން އަވަހަށް ޗެކިންވުމަށް އެދިއްޖެ
ޔޫޝައު ހަސަން | 04 ޖޫން 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެއަރޕޯޓަށް ފުރަން ދާ މީހުން އަވަހަށް ޗެކިންވުމަށް ދިއުމަށް  މޯލްޑިވްސް އެއާޕޮޓް ކޮމްޕެނީ (އެމްއޭސީއެލް)އިން އެދިއްޖެއެވެ.

އެކުންފުނީގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެއާޕޯޓް ސަރަހައްދުގައި މަގު ހެދުމުގެ މަސައްކަތެއް ކުރަމުން ދިއުމުގެ ސަބަބުން ޓްރެފިކް ވަރަށް ބާރުބޮޑު ވެފައިވާކަމަށެވެ.

https://x.com/MACLmedia/status/1930155238511784345

އެއަރޕޯޓްގައި ކުރިއަށް ދަނީ  އާ ޓާމިނަލްގެ ކުރިމައްޗަށް އޮންނަ މަގު ހެދުމުގެ މަސައްކަތް ކަމުގައި އެމްއޭސީއެލުން ބުނެފައިވެއެވެ.

އެހެންކަމުން ދަތުރުވެރިން އަވަހަށް އެއާޕޯޓަށް ގޮސް ޗެކްއިންވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް