ބޮޑެތި ބަދަލުތަކަކާއެކު ހުޅުމާލޭ އައު މާސްޓަރ ޕްލޭން އިފްތިތާހްކޮށްފި
ޔޫޝައު ހަސަން | 26 މެއި 2025

ކުރިން އެކުލަވާލައިފައި އޮތް ހުޅުމާލޭ މާސްޓަތ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން އިފްތިތާހްކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ކުރިއަށްދިޔަ ހާއްސަ ރަސްމިޔާތެއްގައި މި ޕްލޭން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒެވެ. ރިވައިޒްކުރި މާސްޓާ ފްލޭންގައިވާ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހައި ވަނީ ބިން ހިއްކައިގެން އެއްކޮށް ގުޅުވާލުމަށް ނިންމާފައެވެ. އަދި އެ ޖަގާއިން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 699 ގޯތި އޭގެ ހައްގުވެރިންނަށް ދޭނެއެވެ. މި ޕްލޭނަށް ބަދަލުގެނެވުނު ނަމަވެސް މިހާރު ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް އުނިކޮށްފައި ނުވާނެކަމަށް އެޗްޑީސީން ބުނެއެވެ.

ކުރިން ހުޅުމާލެ ތިން ވަނަ ފިޔަވައްސަށް ކަނޑައަޅާފައި ވަނީ އެންމެ ކަނެކްޝަނެކެވެ. މި ގެނައި ބަދަލާއެކު 11 މަގަކުން ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅޭނެއެވެ. އެއާއެކު ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށާއި ރައްޔިތުން އެކި ތަންތަަނަށް ގޮސް އުޅުމަށް ފަސޭހަވާނެއެވެ.

 

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި މީގެ ކުރިން ސްކޫލްތަކާއި އާންމުންނަށް ހިދުމަތްދޭ ތަންތަން ފްލޭންކޮށްފައެއްނެވެ. ނަމަވެސް އާ ފްލޭނާއެކު ފަސް މިނެޓް ތެރޭގައި ކޮންމެ ރައްޔިތަކަށް އާންމު ހިދުމަތްދޭ ތަންތަން ވާސިލް ވެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އާ މާސްޓާ ފްލޭންގައި ފޭސް 2 ގައި ހިމެނޭ މުހިންމު ކަންކަން:

  • ޓީ ޖެޓީއެއް ގާއިމްކޮށް ބޮޑު ސްޓޯރަކުން ކުދި ފިހާރަތަކަށް ޑިސްޓަބިއުޓްކުރާގޮތް ހެދުން
  • ގުދަނާއި ވޯކް ޝޮފްތަކަށް އިތުރު ޖާގަ ދިނުން
  • އިސްލާމީ މަރުކަޒެއް ގާއިމްކުރުން
  • ބޯޑް ވޯކެއް ގާއިމް ކުރުން
  • ފަރުކޮޅުފުށި ސެންޓްރަލް ޕާކަށް ބަދަލުކުރުން
  • ދެގުނައިގެ ދަރުބާރުގެއެއް ގާއިމްކުރުން
  • ހައި ސޮސައިޓީގެ ނަމުގައި އެއްވެ އުޅޭނެ ޖާގައެއް ގާއިމުކުރުން

ހުޅުމާލޭގެ މާސްޓާ ފްލޭނެއް އެންމެ ފުރަތަމަ އިފްތިތާހުކުރީ ވެސް ރައީސް ޑރ. މުއިއްޒު ހޯމް މިނިސްޓަރަކަށް ހުންނެވިއިރުގައެވެ. ނަމަވެސް 2018 ގައި ވެރިކަން ބަދަލުވެ އެ ސަރުކާރުން ވަނީ އެ ފްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް