ގިނަ ސްޓޯލްތަކަކާއެކު ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފި
ޔޫޝައު ހަސަން | 24 މެއި 2025

ގިނަ ސްޓޯލްތަކަކާއެކު އެތައް ހާސް ދިވެހި ހުނަރުވެރިންގެ އުފެއްދުންތައް ހިމެނޭހެން ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރޭ ފަށައިފިއެވެ.

ހުޅުމާލެ ސެންޓަރަލް ޕާކްގައި ކުރިއަށްދާ މި މައުރަޒަކީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ދިވެހި އުފެއްދުންތެރިންނަށް ހާއްސަ ކުރެވިގެން ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު މައުރަޒުގައި މި އަހަރު 3،000 އަށްވުރެ ގިނަ ހުށަހެޅުންތައް ފެންނަން ހުންނާނެއެވެ.

ރޭ ފެށި މި މައުރަޒު ހުޅުވައިދެއްވީ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެމަފިރިކަނބަލުންނެވެ.

މިމަހުގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒަށް ހުށަހެޅި 275 އުފެއްދުމަށް ވަނީ އެވޯޑުތައް ދީފައެވެ. އެ ވަނަތައް ކަނޑައަޅާފައިވަނީ އެ ކަމަށް ޚާއްސަ ޕެނަލަކުން ފަނޑިޔާރުކަން ކޮށްގެނެވެ. އެގޮތުން، އެކި ގިންތިތަކުން އެއްވަނައާއި ދެވަނަ އަދި ތިންވަނައަށް އައި ބައިވެރިންނަށް ވަނީ އިނާމުތައް ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް