އިޒުރޭލާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި
ޔޫޝައު ހަސަން | 19 މެއި 2025

އިސްރާއީލުގެ ހައްދުފަހަނަ އެޅި ސިފައިން އެއްވެސް ހައްގަކާއި ނުލައި ފަލަސްތީނުގެ ބިމުގައި ހިންގަމުންދާ ގަތުލުއާންމާއި ގުޅިގެން އެ ގައުމާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ދުނިޔެއަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އެ ގައުމުގެ ބިމުގައި އިސްރާއީލުން ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމަ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އަންނަކަމަށާއި އެ އަނިޔާވެރިކަން ހުއްޓުވުމަށާއި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖޭގެ ފަރާތުން ގޮވާލާކަމަށެވެ.

އަދި އޭގެއިތުރުން ބައިނަލްއަގުވާމީ ގާނޫނީ އަދި އަހުލާގީ ޒިންމާތަކާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމަށާއި، އިޒްރޭލުގެ އަމަލުތަކަށް އެ ގައުމު ޖަވާބުދާރީކުރުވުމަށްވެސް ރައީސްގެ ޕޯސްޓްގައި ވަނީ ގޮވާލާއްވައިފައެވެ.

ރައީސްގެ އިތުރުން، ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ހިންގާ އުދުވާނު ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނާ ސީދާ ހިލާފު އަމަލުތަކެއް ކަމުގައި ފާހަގަކޮށް ރިން މިނިސްޓްރީން ވެސް ވަނީ ރޭ ބަޔާނެއް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް