ހުޅުމާލެ ބީޗް ފެސްޓް ފަށައިފި
ޔޫޝައު ހަސަން | 17 މެއި 2025

ހުޅުމާލޭގައި މީހުން އާބާދުވީތާ 21 އަހަރި ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ”ހުޅުމާލެ ބީޗް ފެސްޓް“ މިއަދު ފަށައިފިއެވެ.

ހުޅުމާލޭ އެއްވަނަ ފިޔަވަހި ބީޗް ސަރަހައްދުގައި ކުރިއަށް ގެންދާ މި ހަރަކާތްތައް މިއަދުން ފެށިގެން ކުރިއަށް ދާއިރު އެ ހަރަކާތްތަކުގެ ތެރޭގައި ބީޗް ވޮލީ އާއި ބީޗް ހޭންޑް ބޯލްގެ އިތުރުން ބީޗް ފުޓްބޯޅަ މުބާރާތުގެ އިތުރުން  ކެނޯ ރޭހާއި ވާދެމުން ފަދަ ކުޅިވަރުތައް ހިމެނެއެވެ. އޭގެ އިތުރުންވެސް އެ ސަރަހައްދުގައި ތަފާތު ސްޓޯލް ތަކާއެކު ކުޑަކުދިންނަށް ކުޅެވޭނެ ސްޓޯލްތައްވެސް ވަނީ ބެހެއްޓިފައެވެ.

މި ފެސްޓްގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަދު ހަވީރުވެސް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް