ވެމްކޯ ބަލިކޮށް ގައުމީ ލީގު ޕޮލިހަށް!
ޔޫޝައު ހަސަން | 28 އޭޕްރިލް 2025

މިއަހަރުގެ ވޮލީ ސީޒަނުގެ ގައުމީ ވޮލީ ބޯޅަ ލީގުގައި ރޭ ޕޮލިހާއި ވެމްކޯ ބައްދަލުކުރި މެޗް ކާމިޔާބުކޮށް މިއަހަރުގެ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފިއެވެ.

ރޭގެ މެޗަށް ނިކުތް އިރުވެސް ލީގު ނެގުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ ޕޮލިހަށެވެ. އެގޮތުން ރޭގެ މެޗްގެ އެންމެ ސެޓެއް ނެގި ކަމުގައި ވިޔަސް ލީގު ޗެމްޕިއަންކަން ޕޮލިހަށް ލިބުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ.

ލީގުގެ ދެވަނަ މެޗްގައި ފެލެކްސޯ އަތުން 3 ސެޓް 1 ސެޓުން ބަލިވެފައި އޮތުމުގެ ސަބަބުން އެޓީމަށް ލީގު ނެގުމުގެ ފުރުސަތު އޮތީ ކޮންމެ ގޮތަކުން ވެސް މި މެޗުން ތިން ޕޮއިންޓްގެ މޮޅެއް ހޯދައިގެންނެވެ.

ގައުމީ ވޮލީ ލީގުގައި ރޭ ޕޮލިސް ކްލަބާއޮ ވެމްކޯ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ރޭގެ މެޗްގެ ފުރަތަމަ ސެޓް ފަށައިގެން ރަނގަޅު ލީޑެއްގައި ކުޅެމުން އައިސް ނަތީޖާ 24 – 20 އިން ސެޓް ހޯދުމަށް ވެމްކޯއަށް ފުރުސަތު ލިބުނު ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި އޭގެ ފައިދާ ނަގައި އެ ސެޓް ޕޮލިހުން ކާމިޔާބުކުރީ 24-26 އިންނެވެ.

ފުރަތަމަ ސެޓްގެ ފަހުކޮޅުގައި ކުޅުމުގެ ތެރެއަށް ވަދެ ލިބުނު ހިތްވަރާއެކު މެޗްގެ ދެވަނަ ސެޓްގައި ޕޮލިހުން ފެނިފައިވަނީ ވަރުގަދަކޮށެވެ. އެއާއި ޚިލާފަށް ވެމްކޯ ޓީމުން ވަރަށް ބޮޑަށް ގޭމުން ބޭރުވިތަން ފެނިގެން ދިޔަ މި ސެޓް ޕޮލިސް ކްލަބުން 25-17 އިން ކާމިޔާބުކޮށް ލީގު ކަށަވަރުކުރިއެވެ.

ގައުމީ ވޮލީ ލީގުގައި ރޭ ޕޮލިސް ކްލަބާއޮ ވެމްކޯ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ޕޮލިހަށް ލީގު ކަށަވަރު ކުރެވުން ނަމަވެސް ވެމްކޯއިން މެޗްގެ ތިންވަނަ ސެޓަށް ނިކުތީ މެޗް ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެގޮތުން ރަނގަޅު ކުޅުމެއް ދައްކައި ޖެހިގެން އައި ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓް ވެމްކޯއިން ކާމިޔާބުކުރީ 25-19 އަދި 25-23 އިންނެވެ.

މެޗްގެ 5 ވަނަ ސެޓް  15-05 އިން ކާމިޔާބުކޮށް މި މެޗުން މޮޅުވެފައި ވަނީ ޕޮލިސް ކްލަބެވެ.

މުބާރާތުގެ ޑްރީމް ޓީމް

ބެސްޓް އައުޓް ސައިޑް ހިޓަރ: ޕޮލިސް ކްލަބް ޖަރސީ ނަމްބަރ 07 އާމިނަތު އަރީޝާ، ކްލަބް ވެމްކޯ ޖަރސީ ނަމްބަރ، 10 އާއިޝަތު މާޖިދާ

ބެސްޓް މިޑްލް ބްލޮކަރ: ޕޮލިސް ކްލަބް ޖަރސީ ނަމްބަރ 04 މަރިޔަމް އަޒުމާ، ކްލަބް ވެމްކޯ ޖަރސީ ނަމްބަރ 04 ނަރީމާ އިދުރީސް

ބެސްޓް އޮޕޮސިޓް ހިޓަރ: ފްލެކްސޯ ސްޕޯޓްސް ޖަރސީ ނަމްބަރ 17 ފާތިމަތު ސަމްހާ

ބެސްޓް ސެޓަރ: ކްލަބް ވެމްކޯ ޖަރސީ ނަމްބަރ 11 ފާތިމަތު ޖޫޒާން ޒަރީރު

ބެސްޓް ލިބެރޯ: ކްލަބް ވެމްކޯ ޖަރސީ ނަމްބަރ 2 ނުހާ ވަހީދު

ބެސްޓް ކޯޗް: ޕޮލިސް ކްލަބްގެ ކޯޗް މުނާ

މޯސްޓް ޕްރޮމިސިންގް ޕްލެޔަރ: ހުރާ ކޮމިއުނިޓީ ކްލަބް ޖަރސީ ނަމްބަރ 10 ރިޝްފާ

މޯސްޓް ވެލިއުވެބަލް ޕްލެޔަރ އޮފް ދި ޓޯނަމެންޓް: ޕޮލިސް ކްލަބް ޖަރސީ ނަމްބަރ 07 އާމިނަތު އަރީޝާ،

މުބާރާތުގެ ރަނަރަޕް ޓީމަކަށް ޕޮލިސްކްލަބް ދިޔައިރު މުބާރާތުގެ ތިން ވަނަ ޓީމަކީ މުޅިން އަލަށް މު މުބާރާތަށް ކޮލިފައިވި ހުރާ ކޮމިއުނިޓީ ކްލަބެވެ.

 

ގުޅުންހުރި ލިޔުންތައް