ލިޓަސް ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލަށް އިނގުރައިދޫ އަދި ދުވާފަރު!
އެޑްމިން | 11 ނޮވެމްބަރ 2022

ލިޓަސް ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2022 ގެ ފައިނަލަށް އިނގުރައިދޫ އަދި ދުވާފަރު ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް އިނގުރައިދޫ ދަތުރުކުރީ މިއަދު ހަވީރު މީދޫއާއި ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްގެންނެވެ. އަދި ދުވާފަރު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި މަޑުއްވަރީގެ މައްޗަށް ހަތަރު ލަނޑު އެއް ލަނޑުން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރި މި ދެޓީމަކީ މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އައި ދެ ޓީމުކަން ފާހަގަކޮށްލެވެއެެވެ.

ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ ދިހަ ރަށަކުން ބައިވެރިވެފައިވެއެވެ.

 

 

މުބާރާތުގެ ފައިނަލަށް ދަތުރުކުރި މި ދެޓީމަކީ މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އައި ދެ ޓީމުކަން ފާހަގަކޮށްލެވެއެެވެ.

    ގުޅުންހުރި ލިޔުންތައް