ފަހަތުން އަރާ ރ. އަލިފުށި ބަލިކޮށް ލިޓަސް ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލްގެ ޖާގަ މީދޫއިން ކަށަވަރުކޮށްފިއެވެ.
މިއަދު ހަވީރު އުނގޫފާރުގައި ކުޅުނު މި މެޗު މީދޫއިން ކާމިޔާބުކުރީ ތިން ލަނޑު ދެ ލަނޑުންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ އަލިފުށިންނެވެ. އޭގެ ފަހުން މީދޫއިން ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް ފުރަތަމަ ހާފު ނިމެނިކޮށް އިތުރު ލަނޑެއް ޖަހާ އަލިފުށިން ލީޑު އަނބުރާ ހޯދިއެވެ. މެޗުގެ ދެވަނަ ހާފަށް ނިކުމެ މީދޫއިން ކުޅުން ރަނގަޅުކޮށް އިތުރު ދެ ލަނޑު ޖަހާ އަލިފުށީގެ މައްޗަށް ވަނީ ކުރި ހޯދާފައެވެ.
މި މޮޅާއެކު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ މީދޫއަށް ވަނީ ނުވަ ޕޮއިންޓު ލިބިފައެވެ.
ގުޅުންހުރި ލިޔުންތައް