ޓީމު ތައްޔާރު، ބޭނުންވަނީ ސަޕޯޓަރުންގެ އެހީ – ކޯޗު އަބްދުﷲ އަޙްމަދު
އެޑްމިން | 04 ނޮވެމްބަރ 2022

ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗަށް ރ. މީދޫ ސްޕޯޓްސް ކުލަބު ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ޓީމުގެ ކޯޗު އަބްދުﷲ އަޙްމަދު ބުނެފިއެވެ. މުބާރާތުގައި މީދޫ އެސްސީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވަރުގަދަ ދުވާފަރާއި ދެކޮޅަށެވެ.

މެޗުގެ ކުރިން ’އެމްޓީ‘ އާއި ވާހަކަ ދައްކަމުން ކޯޗު ބުނީ، ޕްރެކްޓިސްއަށްފަހު ޓީމު ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި އެދެނީ ވީހާވެސް ގިނަ ބޭފުޅުންގެ ހެޔޮ ދުޢާއާއި ޓީމަށް ސަޕޯޓު ކުރުމަށް އުނގޫފާރަށް ދިއުމަށް ކަމަށެވެ.

ބޭނުންވަނީ ސަޕޯޓަރުންގެ އެހީ، ވީހާވެސް ގިނަ ސަޕޯޓަރުން އުނގޫފާރަށް ގޮސް ކުޅިވަރުގެ ރޫޙާއި އެއްގޮތަށް ސަޕޯޓު ކުރުމަށް އެދެން – ކޯޗު އަބްދުﷲ

މި މުބާރާތުގައި ރ. މީދޫ އެސްސީ ހިމެނެނީ ވަރުގަދަ ގުރޫޕު ބީގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ދުވާފަރު، އަލިފުށި، ހުޅުދުއްފާރު އަދި މާކުރަތުއެވެ. މި ގުރޫޕުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ދުވާފަރު އަދި އަލިފުށި ބައްދަލުކުރި މެޗު 4 ލަނޑު 0 އިން ކާމިޔާބުކުރީ ދުވާފަރުންނެވެ.

މިިއަދުގެ މެޗަކީ 2018 ވަނަ އަހަރުގެ އަތޮޅު މުބާރާތަށްފަހު ރ. މީދޫ އެސްސީ ރަސްމީ މުބާރާތެއްގައި ނިކުންނަ ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް