ރަޝިޔާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ރާއްޖެއަށް ނުރައްކަލެއް ނެތް!
ޔޫޝައު ހަސަން | 13 ސެޕްޓެމްބަރ 2025

ރަޝިއާއަށް 7.2 ރެކްޓާ މިންގަނޑުގެ ބާރުގަދަ ބިން ހެލުމެއް މިއަދު ހެނދުނު އަތުވެއްޖެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކުރި ގޮތުގައި މި ބިންހެލުން އެ ގައުމަށް އައީ ރާއްޖެ ގަޑިން މިއަދު ހެނދުނު  7:37 ހިސާބު ރާއްޖޭގެ ވެރިރަށް މާލެއާއި 9،421 ކިލޯމީޓަރު  ދުރުމިނަށް ކަމަށެވެ.

އެގޮތުން މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށާއި ބިން ހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރެއް އަދި އެއްވެސް ހިސާބަކުން  ދީފައި ނުވާކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ 53.104 އުތުރު އަދި 160.294 އީ ކޯޑިނޭޓްގައި 39.5 ކިލޯމީޓަރު އަޑިއަށެވެ.

ގުޅުންހުރި ލިޔުންތައް