މަޑިދަށުން ޑްރަގް ޕެކެެޓެއް ފެނުނު މީހަކު ހައްޔަރުކޮށްފި
ޔޫޝައު ހަސަން | 09 ސެޕްޓެމްބަރ 2025

ސައިކަލުގެ މަޑިދަށުން ޑްރަގް ފެނުނު މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ބަންދުކުރުމަށް ކޯޓުން ނެރުނު ބަންދު އަމުުރުގައި ބުނެފައި ވަނީ،  މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ތުހުމަތުގައި އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށެވެ.

އެގޮތުން 5 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށް ބުނެފައިވަނީ، އެކަން އެ މީހާގެ މައްޗަށް ކޮންމެވެސް މިންވަރަކަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށާއި ފުލުހުންގެ ބަޔާނުން އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 28 ޕެކެޓް ފެނިފައިވާ ކަން އެނގޭ ކަމަށެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތް ކަމަށް ދެކޭ ސަބަބެއް ގޮތުގައި ކޯޓުން ވިދާޅުވެފައިވަނީ އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކެއްގެ ރެކޯޑްތަކެއް ހުރި ފަރާތަކަށްވުމުން ކުށް ތަކުރާރުކޮށްފާނެކަމަށް ފެންނާތީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް