ސަރުކާރަށް ހިދުމަތް ކުރުމަށް މަހުލޫފް އެމްޑީޕީން ވަކިވެއްޖެ
ޔޫޝައު ހަސަން | 09 ސެޕްޓެމްބަރ 2025

ސަރުކާރަށް ހިދުމަތް ކުރުމަށްކަމަށް ވިދާޅުވެ މިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތް މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

މަހްލޫފް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފައްޔާޒް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އޭނާ އެ ޕާޓީގެ މެންބަރުކަމުން ވަކިވާން އެދޭތީ، އެ ޕާޓީން ވަކިކޮށްދިނުމަށް އެދޭ ކަމަށެވެ.

އަދި 2015 ވަނަ އަހަރު އެ ޕާޓީއާއި ގުޅިވަޑައިގަތީއްސުރެ އެ ޕާޓީއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށާއި  ހާއްސަކޮށް ރައީސް ޞާލިހް ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރުއަދާ ކުރާ ކަމަށްވެސް އެ ސިޓީފުޅުގައިވެއެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އަންނަނީ މަހުލޫފަށް ފާޑުކިޔަމުންނެވެ.

އޭގެ ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފު ވިދާޅުވީ، އެ ނިންމުމާއިމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް މައާފަށް އެދޭ ކަމަށާއި ހިތްބުރަކަމެއް ނުބާއްވާ، އެކުވެރިކަން އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ކުރީ ސަރުކާރުގެ ވަޒީރު ކަމަކީ ތަބަކަށް ލާފަދިން މަގާމެއް ނޫން ކަމަށާއި ޓީވީއަކަށް އަރާ އަދި ސިޔާސީ މަސައްކަތެއްގައި އަމަލީގޮތުން ނޫޅޭތާ 2 އަހަރުވެއްޖެކަމަށާއި އެ މަނިކުފާނުގެ ނިންމުން ބަލައިނުގަނެވުނު ފަރާތްތަކުގެ އަރިހުން މާއާފަށް އެދިވަޑައިގަންނަވާކަމަށެވެ.

އަދި އަގުވަޒަންކުރުމާ، ބަލައިގަތުމާ، މަރުޙަބާ ކިޔުމާ އަދި މުހިއްމު ކަމުގެ އިހުސާސަށްވުރެ ލިބޭ ހިތްހަމަޖެހުމެއް ނެތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް