އަތޮޅު ކައުންސިލްތައް އުވާލަނީ، ރަށު ކައުންސިލަރުންގެ އަދަދުވެސް މަދުކުރަނީ!
ޔޫޝައު ހަސަން | 20 އޯގަސްޓް 2025

އަތޮޅު ކައުންސިލްތަކަކީ ބޭކާރު ތަނެއް ކަމަށާއި އެތަންތަން އުވާލައި އާބާދީ މަދު ރަށްރަށުގެ ކައުންސިލަރުންގެ އަދަދުވެސް މަދުކުރަން ހުށަހަޅާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަތިވެރި ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި އިސްލާހުތައް ގާގޫނު އަސާސީއަށް ގެނައުމަށްޓަކައި މަޖިލިހުގެ އައު ދައުރު ފެށުމާއެކު ހުށަހަޅާނެކަމަށެވެ.

އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ – ރައީސް

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރަށް ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ބިލުވެސް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގާނޫނުއަސާސީ އިސްލާހުކުރާނީ 2،000 މީހުންނަށް ވުރެ މަދުން އުޅޭ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭގޮތަށް އަދި 2،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީތަކުގައި ފަސް މީހުންގެ ކައުންސިލަރުން ތިބޭ ގޮތަށް ކަމަށާއި ބައެއް ސިޓީތަކަށް ވެސް ކުދިކުދި ބަދަލުތައް ވެސް އަތުވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް