ރިޒޯޓް ވޮލީ ލީގު 2025 ގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީއަށް!
ޔޫޝައު ހަސަން | 17 އޯގަސްޓް 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ރިޒޯޓް ވޮލޯ ލީގުގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ހޯދައިފިއެވެ.

ޖުމުލަ 4 ޒޯނަކުން 6 ޓޯމު ފައިނަލް ބުރަށް ދަތުރުކޮށްގެން ކުރިއަށް ދިޔަ ރިޒޯޓު ލީގުގެ ފައިނަލް ބުރުގެ ޗެމްޕިއަންކަން ވަންއެންޑް އޮންލީ އިން ހޯދައިފައިވަނީ، ފޯރިގަދަ ކުޅުމަކަށްފަހު 3 ސެޓް 1 ސެޓުން ކާމިޔާބުކޮށްގެންނެވެ.

އެ ގޮތުން ފުރަތަމަ ސެޓު ވަން އެންޑް އޮންލީން  27-25 އިން ކާމިޔާބުކޮށްފައި ވަނިކޮށް ދެވަނަ ސެޓް 25 – 22 އިން ކުޑަހުރާ ކާމިޔާބުކުރިއެވެ. އެހެން ނަމަވެސް 25 -18 އަދި 26 – 24 އިން ޖެހިގެން އައި ދެ ސެޓް ކާމިޔާބުކޮށް ރިޒޯޓް ވޮލީބޯޅަ ލީގު 2025 ގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީން ވަނީ ހޯދައިފައެވެ.

ރިސޯޓް ލީގުގެ ޑްރީމް ޓީމުގައި ހިމެނެނީ، ވަން އެންޑް އޮންލީގެ ކަވިޝްކާ، މުހައްމަދު އަގީލް އަދި އަހުމަދު ނަބީލް (ނައްބަ)ގެ އިތުރުން ކުޑަ ހުރާގެ އިސުރު، ހުސެއިން ޔޫސުފް (ޓޯއި)، ހުސެއިން ނަސީރު އަދި އަބްދުﷲ ހަސަން އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ވަން އެންޑް އޮންލީގެ ކަވިޝްކާއެވެ. އެންމެ މޮޅު ކޯޗަކަށް ވަން އެންޑް އޮންލީގެ ސްމިތު ހޮވުނިއިރު، އެންމެ އުންމީދީ ކުޅުންތެރިއަކީ އެ ޓީމުގެ، ޔައިޝް މުހައްމަދު ޝިހާމޭއެވެ.

ހަމައެކަނި ރިޒޯޓް މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ކުޅޭ މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު
  • އުތުރު މާލެ ލީގު
  • ބ. ލީގު
  • އދ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގުން ފައިނަލް ބުރަށް ކޮލިފައިވެފައިވަނީ އޮޅުވެލި މޯލްޑިވްސްއެވެ. އަދި ބ. ލީގުން ފައިނަލް ބުރަށް ކޮލިފައިވެފައި ވަނީ ޖޯލި ބީންގްއެވެ. ހަމައެޔާއެކު އުތުރު މާލެ ލީގުން ރީތިރަށް އަދި ކުޑަހުރާ ކޮލިފައިވީ އިރު، އދ ލީގު ކޮލިފައިވީ ކޮންޜޯޑް އަދި ވިލަމެންދޫއެވެ.

 

 

ގުޅުންހުރި ލިޔުންތައް