ރިޒޯޓު ލީގު – ފޯރިގަދަ ކުޅުމަކަށް ފަހު އދ ޒޯންގެ ޗެމްޕިއަންކަން ކޮންރޯޑަށް!
ޔޫޝައު ހަސަން | 11 އޯގަސްޓް 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ފަހު ޒޯންގެ ފައިނަލް މެޗްގައި ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށް ފަހު އެ ޒޯންގެ ޗެމްޕިއަންކަން ކޮންރޯޑުން ހޯދައިފިއެވެ.

ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗްގެ ފުރަތަމަ ސެޓް ވިލަމެންދޫން ކާމިޔާބުކުރީ 25 – 20 ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް ކުޅުން އިތުރަށް ރަނގަޅުކޮށް ދެވަނަ ސެޓްގައި ރަނގަޅު ލީޑެއްގައި ކޮންރޯޑުން ކުޅެމުން އަންނަނިކޮށް ސެޓްގެ ފަހުކޮޅު ވިލަމެންދޫއިން ނަތީޖާ ހަމަހަމަވެސް ކުރި ނަމަވެސް މުޅި ސެޓް ލީޑުގައި ކުޅުމުގެ އިތުބާރާއެކު އެ ސެޓް 25 – 23 އިން ކޮންރޯޑުން ކާމިޔާބުކުރިއެވެ. އަދި ހަމަ އެ ފޯމުގައި ވަރަށް ބޮޑު ލީޑެއްގައި ކުޅެ 25 – 17 އިން ތިންވަނަ ސެޓްވެސް ކާމިޔާބުކުރީ ކޮންރޯޑެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވިލަމެންދޫއަށް އޮތް ހަމައެކަނި ފުރުސަތަކީ  ވަނަ ސެޓް ކާމިޔާބުކޮށް މެޗް ޓައި ބްރޭކަކަށް ގެންދިއުމެވެ. އެހެން ކަމުން 4 ވަނަ ސެޓްގައި އެ ޓީމު ފެނިގެން ގޮއްސައިވަނީ ވަރަށް ތަފާތު ރޫހެއްގައެވެ. އެ ސެޓް 25 – 17 އިން ވިލަމެންދޫ ކާމިޔާބުވެސް ކުރިމެއެވެ. މެޗްގެ އެންމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައީ ނަތީޖާ ނެރުމަށް ކުޅުނު 5 ވަނަ ސެޓްގައެވެ. އެ ސެޓް 13 ވަނަ ޕޮއިންޓާއި ހަމައަށް ދެ ޓީމަށްވެސް ހަމަހަމަ ޕޮއިންޓްތަކެއް ލިބެމުންއައިސް 14 ވަނަ ޕޮއިންޓާއި ހަމައިން މެޗް ނިންމާނެ ފުރުސަތުތައް ވިލެމެންދޫއަށް ލިބުނެވެ. އެގޮތުން ލިބުނު 3 ފުރުސަތެއްގައިވެސް މެޗް ނިންމާ ނުލެވި އޭގެ ފައިދާ ނަގައި ކޮންރޯޑުން އެ ސެޓް ކާމިޔާބު ކުރީ 19 – 17 އިންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ވިލަމެންދޫގެ ޖނ. 9، އަޙްމަދު ނާޝިހުއެވެ.

މުބާރާތުގެ ޑްރީމް ޓީމް

  • ބެސްޓް އައުޓްސައިޑް އެޓޭކަރ
    • ކޮންރެޑް | ޖނ. 10، އިބްރާހީމް ޝިނާން
    • ވިލަމެންދޫ | ޖނ. 9، އަޙްމަދު ނާޝިހު
  • ބެސްޓް މިޑްލް ބްލޮކަރ
    • ކޮންރެޑް | ޖނ. 16، ޙުސައިން ނަސީމް
    • ވިލަމެންދޫ | ޖނ. 11، މާއީ މުޙައްމަދު
  • ބެސްޓް ސެޓަރ
    • ކޮންރެޑް | ޖނ. 2، އަބްދުލް އަޒީމް
  • ބެސްޓް އޮޕޮސިޓް ޕްލެޔަރ
    • ވިލަމެންދޫ | ޖނ. 10، މާއިދު މުޙައްމަދު ޙަލީލް
  • ބެސްޓް ލިބަރޯ ޕްލެޔަރ
    • ވިލަމެންދޫ | ޖނ. 14، އަޙްމަދު ނާފިޒް
  • މޯސްޓް ޕްރޮމިސިންގ ޕްލެޔަރ
    • ކޮންރެޑް | ޖނ. 9، އަލީ ޒާހިލް
  • މޯސްޓް ވެލިއުބަލް ފޮރިންގ ޕްލެޔަރ
    • ކޮންރެޑް | ޖނ. 3، ޕްރަބިން ބުދަތޮކި
  • މޯސްޓް ވެލިއުބަލް ކޯޗު
    • ކޮންރެޑް ކޯޗު އިބްރާހީމް ރާމިޒް
  • މޯސްޓް ވެލިއުބަލް ޕްލެޔަރ
    • ވިލަމެންދޫ | ޖނ. 9، އަޙްމަދު ނާސިހު

ހަމައެކަނި ރިޒޯޓް މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ކުޅޭ މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު
  • އުތުރު މާލެ ލީގު
  • ބ. ލީގު
  • އދ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގުން ފައިނަލް ބުރަށް ކޮލިފައިވެފައިވަނީ އޮޅުވެލި މޯލްޑިވްސްއެވެ. އަދި ބ. ލީގުން ފައިނަލް ބުރަށް ކޮލިފައިވެފައި ވަނީ ޖޯލި ބީންގްއެވެ. ހަމައެޔާއެކު އުތުރު މާލެ ލީގުން ރީތިރަށް އަދި ކުޑަހުރާ ކޮލިފައިވީ އިރު، އދ ލީގު ކޮލިފައިވީ ކޮންޜޯޑް އަދި ވިލަމެންދޫއެވެ. މި ޓީމުތަކުގެ މެދުގައި ކުޅޭ 2025 ވަނަ އަހަރުގެ ރިޒޯޓް ލީގުގެ ފައިބަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ގުޅުންހުރި ލިޔުންތައް