ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ފަހު ޒޯންގެ ސެމީގައި ޑަބްލިޔު މޯލްޑިވްސްއާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ފައިނަލަށް ވިލަމެންދޫ ދަތުރުކޮށްފިއެވެ.
ލީގުބުުރުގެ ދެވަނަ އަދި ތިން ވަނަ ބައްދަލުކުރި ސެމީ މެޗްގައި އިއްޔެ ޑަބްލިޔު މޯލްޑިވްސްގެ މައްޗަށް ވިލަމެންދޫން ކުރި ހޯދީ ސީދާ ތިން ސެޓުންެނެވެ.
މެޗްގެ ސެޓްތައް އެ ޓީމުން ކާމިޔާބުކުރީ، 25-19، 25-19 އަދި 25-15 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލަމެެންދޫގެ ޖަރސީ ނަމްބަރު 09 އަހްމަދު ނާސިހް އެވެ.
މުބާރާތުގެ ފައިނަލްގައި އެޓީމުން ނިކުންނާނީ ކޮންރޯޑާއި ދެކޮޅަށެވެ. ކޮންރޯޑު ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ލީގު ބުރުގައި ވިލަމެންދޫއިން ވަނީ ކޮންރޯޑު އަތުން 3 ސެޓް 1 ސެޓުން ބަލިވެފައެވެ.
މި ނަތީޖާއާއެކު ކުޅުނު 4 މެޗުން ފުރިހަމަ 12 ޕޮއިންޓާއެކު މުބާރާތުގެ ފައިނަލަށް ކޮންރޯޑް ދަތުރު ކުރީ ލީގުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ވުމާއެކު 3 ވަނަ ތިން ވަނަ ބައްދަލު ކުރާ ސެމީގައި ދެވަނަ ޓީމުގެ ގޮތުގައި 4 މެޗުން 9 ޕޮއިންޓާއެކު ވިލަމެންދޫ ދަތުރުކުރި އިރު 3 ވަނަ ޓިމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ 4 މެޗުން 6 ޕޮއިންޓާއެކު ޑަބްލިޔު މޯލްޑިވްސްއެވެ.
ހަމައެކަނި ރިޒޯޓް މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ކުޅޭ މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:
- ދެކުނު މާލެ ލީގު
- އުތުރު މާލެ ލީގު
- ބ. ލީގު
- އދ. ލީގު
މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.