ކުޅުދުއްފުށިން ގެއްލިގެން ހޯދި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ
ޔޫޝައު ހަސަން | 06 އޯގަސްޓް 2025

ކުޅުދުއްފުށި ސިޓީން މިއަދު ފަތިހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ އުމުރުން 67 އަހަރުގެ ހަސަން މޫސާގެ ހަބަރެއް މިއަދު ފަތިހު 5:00 ގެ ފަހުން ނުވެގެން ހެނދުނު 10:30 ހާއިރު ރިޕޯޓް ކޮށްފައިވާކަމަށާއި  އޭނާ ހޯދަމުން ދަނިކޮށް، ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފާޚާނާ ތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމާއި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް