އެމްޑީޕީ ހަރުގެއަށް ގެއްްލުން ދީފި
ޔޫޝައު ހަސަން | 02 އޯގަސްޓް 2025

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ މައި އެއް ޖަގަހަ ކަމަށްވާ ދަނޑިކޮށި ޖަގަހައިގެ ދޮރު ހަލާކުކޮށްލައި އެ ޖަގަހައަށް ގެއްލުން ދީފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ  ޗާންދަނީމަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ދޮރަށް ގެއްލުންދިން ކަމުގެ މައުލޫމާތު ރޭގެ ދަންވަރު 1:30 ހާއިރު ލިބިފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކެފޭއަކަށް ވަދެ, ފައިން ޖަހައި އެ ކެފޭގެ ބިއްލޫރި ޝޯކޭސްއެއް ތަޅާލި މައްސަލައިގައިވެސް ހައްޔަރުކުރި މީހާ ކަމަށްވާ މ. ސްޓާ / މާލެ، އުމުރުން 49 އަހަރުގެ މުހައްމަދު ރަޒީންއެވެ.

އޭނާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު, އައިޖީއެމްއެޗްގައި ފުލުހުންނަށް ހުރަސްއަޅައި ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކޮށްފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ގެއްލުން ދީފައި ވަނީ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ބޮޑު ދޮރަށެވެ.

ގުޅުންހުރި ލިޔުންތައް