ފޯކްލިފްޓަކާއި ކާރެއް ޖެހި އެއަރޕޯޓްގައި އެކްސިޑެންޓެއް ހިނގައިފި
ޔޫޝައު ހަސަން | 02 އޯގަސްޓް 2025

ކާރަކާއި ފޯކްލިފްޓެއް ޖެހި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގައިފިއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ހާމަކުރީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް އެކަން ހިނގަން މެދުވެރިވި ސަބަބުން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓްގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް މީސްމީޑިޔާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން ފެންނަނީ ރަތް ކުލައިގެ ކާރެއް ފޯކްލިފްޓްގައި ޖެހި ދެ އުޅަނދަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް ވެފައި އޮތް މަންޒަރެވެ.

ގުޅުންހުރި ލިޔުންތައް