ރާއްޖެ ރިޒޯޓް ލީގް – ބާ ޒޯންގެ ފުރަތަމަ މެޗް ކާމިޔާބު ކުރީ އަމިއްލަ މޯލްޑިވްސް!
ޔޫޝައު ހަސަން | 27 ޖުލައި 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގެ ތިންވަނަ ބުރު ބ ޒޯންގެ ފުރަތަމަ މެޗްގައި އަމިއްލަ މޯޯލްޑިވްސް  އަދި މިލައިދޫ ބައްދަލުކުރި މެޗް ސީދާ ތިން ސެޓުން އަމިއްލަ މޯލްޑިވްސް ކާމިޔާބުކޮށްފިއެވެ.

ހަމައެކަނި މުބާރާތުގައި ބައިވެރިވާ ރިޒޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުޅެވޭގޮތަށް ފަރުމާކުރެވިގެން ރޭވިފައިވާ މު މުބާރާތުގެ ބ ޒޯންގެ މެޗްތައް އަމިއްލަ މޯލްޑިވްސް ގައި ކުރިއަށް ދާއިރު ފުރަތަމަ މެޗް އަމިއްލަ ފުށިން ކާމިޔާބުކޮށްފައި ވަނީ  25 – 15، 25 – 15 އަދި 25 – 17 ގެ ނަތީޖާއަކުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަމިއްލަ މޯލްޑިވްސްގެ ޖަރސީ ނަމްބަރު 11 މުހައްމަދު ނައިސަމް ނާޝިދްއެވެ.

މުބާރާތުގެ ބ ޒޯންގައި ޖުމުލަ 4 ޓީމަކުން ވާދަކުރާ އިރު އެ ޓީމުތަކަކީ އަމިއްލަ މޯލްޑިވްސްގެ އިތުރުން ޖޯލި މޯލްޑިވްސް ޖޯލި ބީންގް އަދި މިލައިދޫ މޯލްޑިވްސްއެވެ.

މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު
  • އުތުރު މާލެ ލީގު
  • ބ. ލީގު
  • އއ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.

ގުޅުންހުރި ލިޔުންތައް