މާޅޮހުގައި އުމުރުން ދުވަސްވީ މީހެއް ނިދާފައި އޮއްވައި މަރާލައިފި
ޔޫޝައު ހަސަން | 13 ޖުލައި 2025

އއ މާޅުހުގެ ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި އަނިޔާތަކެއް ކުރުމުގެ ސަބަބުން އޭނާ މަރުވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 01:50 ހާއިރު ކަމަށާއި އޭނާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައި ވާކަމަށެވެ.

ނިޔާވެފައިވަނީ އެރަށު އޯކިޑްމާގެ އުމުރުން 65 އަހަރުގެ އަބްދުއްރަހްމާބް އާދަމްއެވެ.

މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް