ގައުމީ ވޮލީ މުބާރާތް – ފުރަތަމަ ސެމީގައި އެޗްޑީސީ އަތުން ބަލިވެ ހުރާ ކަޓައިފި
ޔޫޝައު ހަސަން | 12 ޖުލައި 2025

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެމީގައި އެޗްޑީސީ އަތުން ބަލިވެ ހުރާ ކޮމިއުނިޓީ ކްލަބް މުބާރާތުން ކަޓައިފިއެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ދިޔަ ސެމީ ފައިނަލް މެޗްގައި މި ދެތީމު ބައްދަލުކުރީ ލީގު ބުރުގެ 3 ވަނަ އަދި 4 ވަނަ ޓީމު ކުޅޭ ފުރަތަމަ ސެމީ ފައިނަލްގައެވެ. އެ މެޗުން މޮޅުވާ ޓީމެއް އަދި އިތުރު ސެމީ ފައިނަލެއް ކުޅެން ޖެހޭ އިރު އެއީ ލީގު ބުރުގެ އެއްވަނަ ސިފައިން އަދި ދެވަނަ ދަނޑިމަގު ބައްދަލުކުރާ ސެމީ އިން ބަލިވާ ޓީމަކާއެވެ.

މެޝް ފެށިގެން ފުރަތަމަ ސެޓްގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު، މެޗްގެ ފުރަތަމަ ސެޓްގައި ހުރާއިން ލީޑެއް ވެސް ނެގިއެވެ. އެހެން ނަމަވެސް ސެޓްގެ ފަހުކޮޅު އެޗްޑީސީން ކުޅުން ރަނގަޅުކޮށް 26-24 އިން އެ ސެޓް ކާމިޔާބުކުރިއެވެ.

ދެވަނަ ސެޓްގެ ކުޅުންވެސް ކުރިއަށް ދިޔައީ ދާދި އެއްވަރުކޮށެވެ. އެހެން ނަމަވެސް ސެޓްގެ ފަހުވަގުތު ޕޮއިންޓްތައް ނިންމުމުގައި ހެދުނު ގޯސްތަކެއްގެ ސަބަބުން އެ ސެޓްވެސް ހުރާއަށް ގެއްލުނީ 28-26 އިންނެވެ. މެޗްގެ ތިން ވަނަ ސެޓްގައި ހުރާ ތީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އިރު އެ ސެޓް އެޓީމުން ކާމިޔާބުކުރީ، 25-17 އިންނެވެ.

މި ނަތީޖާއާއެކު މި މެޗް ކާމިޔާބުކޮށް މުބާރާތުގެ ތިން ވަނަ ސެމީއަށް އެޗްޑީސީން ވަނީ ދަތުރުކޮށްފައެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީގެ ޝަމާއީލް އެވެ.

އެޗްޑީސީ އަދި ހުރާ ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ/ވީއޭއެމް

ގައުމީ ވޮލީބޯޅަ މުބަރާތަކީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމު ވާދަކުރާ މުބާރާތެކެވެ. މި އަހަރުގެ ލީގުން ގައުމީ މުބާރާތަށް ކޮލިފައިވީ ސިފައިންގެ އިތުރުން ދަނޑިމަގާއި އެޗްޑީސީ އަދި ހުރާއެވެ. މި ހަތަރު ޓީމުން އަންނަ އަހަރުގެ ސީޒަން ކޮލިފިކޭޝަން ކުޅުމަކާ ނުލައި ސީޒަންގެ ފުރަތަމަ މުބާރާތަށް ކޮލިފައިވާނެއެވެ.

ގައުމީ މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ.

ގުޅުންހުރި ލިޔުންތައް