ރާއްޖެ ރިސޯޓް ވޮލީ ލީގު – ދެކުނު މާލެ ޗެމްޕިއަންކަން އޮޅުވެލިފުށިން ހޯދައިފި
ޔޫޝައު ހަސަން | 11 ޖުލައި 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގުގެ މާލެއިން ދެކުނު ޒޯނުގެ ޗެމްޕިއަންކަން ސަންޝިޔާމް އޮޅުވެލިފުށިން ހޯދައިފިއެވެ.

ހަމައެކަނި މުބާރާތުގައި ބައިވެރިވާ ރިޒޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުޅެވޭގޮތަށް ފަރުމާކުރެވިގެން ރާއްޖޭގައި ކުރިއަށް ގެންދާ ހަމައެކަނި ވޮލީމުބާރާތުގެ ފުރަތަމަ ޒޯންގެ ފައިނަލް މެޗް މިއަދު ހަވީރު ކުރިއަށް ގޮއްސައިވަނީ ސަން ޝިޔާމް އޮޅުވެލި މޯލްޑިވްސްގައެވެ.

ފައިނަލް މެޗްގައި ބައްދަލުކުރީ ސަން ޝިޔާމް އޮޅުވެލި މޯލްޑިވްސް އާއި އަދި އިތާފުށި މޯލްޑިވްސްއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް 2 ސެޓް ސެޓް އެއްވަރުވެ ނަތީޖާ ނެރުމަށް ކުޅުނު ޓައިބްރޭކް ސެޓް ކާމިޔާބުކޮށް މި މެޗުން މޮޅުވެ ޒޯންގެ ޗެމްޕިއަންކަން ހޯދައިފައި ވަނީ ސަން ޝިޔާމް އޮޅުވެލިފުށިންނެވެ.

މި މެޗްގެ ސެޓްތައް ގޮއްސައިވަނީ، 23-25، 25-15،25-21، 18-25 އަދި 15-10 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސަންޝިޔާމް އޮޅުވެލިފުށި މޯލްޑިވްސްގެ ޖަރޒީ ނަމްބަރު 11 އަހްމަދު ޖަޒްލާންއެވެ.

ފައިނަލްމެޗަށް ފަހު މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިނަށް އިމާނު ދީފައިވާއިރު، މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައިވަނީ، އިތާފުށީގެ ސައްދާމް، ސަންޝިޔާމް އޮޅުވެލިފުށިގެ މުހައްމަދު ސަބާހް، ކަނޑޫމާގެ އިބްރާހީމް ޝާން ޝިޔާމް އަދި ސަންޝިޔާމް އޮޅުވެލިފުށިގެ މާރިފްއާއި ކޮމަންގް ގެ އިތުރުން އިތާފުށީގެ އަބްދުﷲ ޝާކިރުއެވެ.

މުބާރާތުގެ އެންމެ މޮޅު ލިބެރޯއަކީ އިތާފުށީގެ މުހައްމަދު ޔޫސުފެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކަށް ސަންޝިޔާމް އޮޅުވެލިފުށިގެ އަހްމަދު ޖަޒްލާން ހޮވުން އިރު އެންމެ މޮޅު ކޯޗަކީ ސަންޝިޔާމް އޮޅުވެލިފުށިގެ މުހައްމަދު ޝިހާމްއެވެ.

މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ސަންޝިޔާމް އޮޅުވެލިފުށިގެ މާރިފްއެވެ. މުބާރާތުގެ ޗެމްޕިއަންކަން ސަންޝިޔާމް އޮޅުވެލިފުށި ހޯދިއިރު ރަނަރަޕްޓީމަކީ އިތާފުުށްޓެވެ.

މި ނަތީޖާއާއެކު ދެ ޓީމުވެސް މުބާރާތުގެ ފައިނަލް ބުރަސް ވަކީ ކޮލިފައިވެފައެވެ.

މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު
  • އުތުރު މާލެ ލީގު
  • ބ. ލީގު
  • އއ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.

ގުޅުންހުރި ލިޔުންތައް