ރާއްޖެއަށް އަނެއްކާވެސް މޫސުން ގޯސްވެ މެދު ރާއްޖޭގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފައިވަނީ، ކ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދަށް މިރޭގެ 19:30 އިން ފެށިގެން 23:30 ހަމައަށެވެ.
އެގޮތުން މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
އެގޮތުން އެ އިދާރާއިން ހާމަކޮށްފައި ވާގޮތުގައި މި ދުވަސްވަރު ރާއްޖެއަށް ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ދި ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްކޮޅު ވިއްސާރަކޮށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
ގުޅުންހުރި ލިޔުންތައް