ހުޅުމާލޭ ގުދަނެއްގައި ރޯވެއްޖެ، ދުންބޯވެ އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކޮށްފި
ޔޫޝައު ހަސަން | 10 ޖުލައި 2025

ހުޅުމާލޭ ފުރަތަމަ ފިޔަވަހީ އިންޑަސްޓްރިލް ޒޯންގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ އެ ސަރަހައްދަށް ނުދިއުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

އެންސިސްގެ ގުދަނުގައި ހިނގި މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުން ތަންތަން ވަކިނުވާވަރަށް ދުންގަނޑު ވަނީ ބޯވެފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ވަނީ މި ދުމުގެ ސަބަބުން  ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށާއި އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށްދާ އަދި މަގު ބޭނުންކުރާއިރު، ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

އަދި މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެސަރަހައްދުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް