ގައުމީ ވޮލީބޯޅަ ލީގު – އަސްލު ފޯމުގައި އެޗްޑީސީ ބަލިކޮށް ހުރާއަށް ހަމަޖެހުމެއް!
ޔޫޝައު ހަސަން | 08 ޖުލައި 2025

ގައުމީ ވޮލިބޯޅަ ލީގުގައި ގަދަ ބާރެއްކަމުގައިވާ އެޗްޑީސީ ބަލިކޮށް ހުރާ ކޮމިއުނިޓީ ކްލަބުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

އެޗްޑީސީއާއި ދެކޮޅަށް ހުރާއިން ލީގުގައި ނިކުތް އިރު ނިމިދިޔަ ވީއޭއެމް ކަޕްގެ ގްރޫޕް ސްޓޭޖްގައި އެ ޓީމުން ވަނީ އެޗްޑީސީ ކައިރިން 3 ސެޓް 1 ސެޓުން ބަލިވެފައެވެ.

އެހެން ނަމަވެސް މިހާތަނަށް މި ސީޒަންގައި ހުރާ ޓީމުން ދެއްކި އެންމެ ރަނގަޅު އެއް ކުޅުމާއެކު ލީގު މެޗްގައި ހުރާއިން އެޗްޑީސީ ބަލިކުރީ 3 ސެޓް އެއް ސެޓުންނެވެ.

މި މެޗްގެ ސެޓްތައް ހުރާޓީމުން ކާމިޔާބު ކުރީ 25 – 19، 25 – 22 ، 25-22 އަދި 25 – 21 އިންނެވެ.

މިއާއެކު ލީގުގެ މިހާތަނަށް ކުޅުނު މެޗްތަކުން 3 މެޗުން 6 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި ހުރާ އޮތް އިރު ކުޅުނު ދެ މެޗުންވެސް ބަލިވެ އެޗްޑީސީ އޮތީ ތާވަލުގެ ފުލުގައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުރާ ކޮމިއުނިޓީ ކްލަބްގެ މައިކަލްއެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި ހުރާ އަދި އެޗްޑީސީ ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ/ވީއޭއެމް

5 ޓީމު ކޮލިފައިވެގެން ކުރިއަށް ގެންދާ ގައުމީ ވޮލީބޯޅަ ލީގުގައި ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމުތައް ގިންތި ކުރެވޭއިރު މިއަދާއި މިރޭ ވެސް ލީގުގެ މެޗްތައް ކުރިއަށް ދާނެއެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގަށްފަހު މި މަހުގެ 11 އިން 14 އަށް ގައުމީ ވޮލީބޯޅަ މުބާރާތް ކުރިއަށް ދާއިރު އެ މުބާރާތަށް ކޮލިފައިވާނީ ގައުމީ ވޮލީލީގުގެ ގަދަ 4 ޓީމެވެ.

ގުޅުންހުރި ލިޔުންތައް