އިއްޔެ ހެނދުނު ތ ވިލިފުށީ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި އެވަގުތު ބޯޓުގައި ހުރި ބޯޓުގެ ކެޕްޓަން ވަރަށް ބޮޑަށް ފިހި އިތުރު ފަރުވާއަށް މާލެ ގެނެސް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދޯނީގެ ކެޕްޓަންއާއި ބިދޭސީ މީހެކެވެ.
މި ހާދިސާގައި ބިދޭސީ މީހާއަށް މާބޮޑެތި އަނިޔާތަކެއް ނުވި ނަމަވެސް ބޯޓުގެ ކެޕްޓަންގެ ގައިގެ ގާތް ގަނޑަކަށް 50 އިންސައްތަ ވަނީ ފިހިފައެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ މި ހާދިސާއާއި ގުޅިގެން އިތުރު ފަރުވާއަށް ފިރިހެނަކު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާއަށް ރުވާ ދެނީ އައިސީޔޫގައި ކަމަށެވެ.
ގުޅުންހުރި ލިޔުންތައް