ވީއޭއެމް ކަޕް – ކުޅުނު ދެވަނަ މެޗްގައި ދަނޑިމަގުން ޕޮލިސް ބަލިކޮށްފި
ޔޫޝައު ހަސަން | 28 ޖޫން 2025

މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް ކަޕް 2025 ގެ ގްރޫޕް ސެޓޭޖްގައި ފުވައްމުލަކަށް ނިސްބަތްވާ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅުނު ދެވަނަ މެޗްގައި ޕޮލިސް ކްލަބާއި ދެކޮޅަށް 3 ޕޮއިންޓްގެ މޮޅެއް ހޯދައިފިއެވެ.

މުބާރާތުގައި ޕޮލިސްކްލަބުން ކުޅުނު ފުރަތަމަ މެޗްގައި އިއްޔެ މި ދެޓީމު ބައްދަލުކޮށްފައި ވާއިރު މި މެޗް 3 ސެޓް 1 ސެޓްގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ، މެޗް  ދަނޑިމަގުން ދަނޑިމަގުން ކާމިޔާބުކޮށްފައި ވަނީ، 25 – 18، 26 – 24، 21 – 25 އަދި 25 – 21 ނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަނޑިމަގު ޓީމުގެ މޮބްގޯލިއާއަށް ނިސްބަތްވާ ކުޅުންތެރިޔާ ބައްޓޫރު ބަޓްސޫރީ (ޖނ:07) އެވެ.

ވީއޭއެމް ކަޕްގައި ދަނޑިމަގު އަދި ޕޮލިސް ކްލަބް ބައްދަލު ކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ ވީއޭއެމް

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކްލަބް އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޮރ ވޮލީބޯލް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ސަދާން ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ތާވަލު ރޭވިފައި އޮތް ގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

މިއަދާއި މިރޭވެސް މި މުބާރާތުގެ މެޗްތައް ކުރިއަށް ދާއިރު، މިއަދު 15:00 ގައި އޮންނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެޗްޑީސީ އަދި ސިޓީއެވެ. ހަވީރު 17:00 ގައި އޮންނަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް ބީގެ ޕޮލިސް އަދި ސަދާން ސްޕޯޓްސް އެވެ. އަދި މިރޭ 20:30 ގެ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ގްރޫޕް އޭގެ ހުރާ ކޮމިއުނިޓީ ކްލަބް އަދި ބްލޫސް ފޮރ ވޮލީބޯލްއެވެ.

ގުޅުންހުރި ލިޔުންތައް