ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް އިނާޔަތެއް ނޫނީ ފައިސާގެ އިނާމެއް ދިނުމާއި ގުޅޭގޮތުން ދިރާސާއެއް ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
މިކަން ހާމަކޮށް ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހަދަން ނިންމާފައިވާ ކަމަށެވެ.
އެ ދިރާސާއަށް ފަހު، އެ ކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމަށް، މި ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް އަންގަވައިފައި ވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި ލިޔުންތައް