ރާއްޖޭގައި ސްކޫލު ތައުލީމު ނިމޭނީ ގްރޭޑް 12 ފުރިހަމަކުރުމަށްފަހުގައި ކަމަށް ކަޑައެޅުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވީ، އެ ނިންމުމަކީ އޭލެވެލް ކިޔަވާ ދަރިވަރުން އިތުރުކުުރުމަށް ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމްގެ ދަށުން ގެނެވޭ ބަދަލެއް ކަމުގައެވެ.
އެގޮތުން އަތޮޅު ތެރޭގެ 23 ސްކޫލެއްގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު މިހާރުވެސް ފަހި ކޮށްދީފައިވާނެ ކަމަށާއި އެހެންކަމުން، އޭލެވެލްއަކީ ރާއްޖޭގައި ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައެޅިގެންދިއުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދެކިލައްވާކަމަށެވެ.
މި އަހަރު އޭލެވެލްއަށް ކިޔަވަންފެށި ދަރިވަރުންގެ ނިސްބަތް 70 ޕަސެންޓަށްވުރެ އިތުރުވެފައިވާކަމަށް މީގެ ކުރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ދައުލަތުން ތައުލީމީ ދާއިރާއަށް ހޭދަކުރާ މިންވަރާ އަަޅާބަލާއިރު އިމްތިހާނުތަކުން ފާސްވާ ދަރިވަރުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ އޭލެވެލް ކިޔަވާ ދަރިވަރުން ތެރެއިން ފާސްވާ ނިސްބަތް 60 އިންސައްތައިން 50 އިންސައްތައް ދަށްވެފައިވާ ކަމަށެވެ.