ފޭކް ޓަރާންސްފަރ ސްލިޕެއް ބޭނުންކޮށްގެން މާލޭގެ ފިހާރަޔަކުން ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން މަކަރާތް ހީލަތް ހެދުމާއި، ޓެކުންގެ އިތުރުން، ހުއްދަނޫން ގޮތެއްގައި ހިދުމަތް ހޯދުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، މާލެއަށް ނިސްބަތްވާ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެމީހާގެ ބަންދުގެ މުއްދަތަށް ހަތް ދުވަސް ޖަހައިފައެވެ.
އެގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުުރުގައި ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އެ މީހާ ވަނީ ކޯޓުގައި އެ ސްލިޕަކީ އޭނާއަށް ފައިސާ ދައްކަން ޖެހޭ މީހަކު ފޮނުވި އެއްޗެއް ކަމަށާއި އެއީ ސައްހަ ނޫން ސްލިޕެއްކަން ނޭނގޭކަމަށް ބުނެފައެވެ.