މައްޗަންގޯޅި ގެޔެއްގެ މަތިން މީހަކު ވެއްޓިއްޖެ
ޔޫޝައު ހަސަން | 22 ޖޫން 2025

މާލޭގެ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ މަތިން އަންހެނަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ އެ ގޭގެ ދެވަނަ ފަންގިފިލައިން ވެއްޓިފައިވަނީ 42 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ވެއްޓުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، ރޭގެ ފަތިހު 4:00 ހާއިރުކަމަށެވެ.

އަދި މިހާރު އެ އަންހެން މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި، ކަށިގަނޑު ބޭރަށް ނިކުމެ އަނިޔާވެފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް