ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އިއްޔެ ދެ ޒުވާނުން ބަންދުކޮށްފިއެވެ
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ބަންދުކޮށްފައި ވަނީ އުމުރުން އުމުރުން 29 އަހަރުގެ ހުސައިން އައްބާސް ފަރުހާން، މާލެ. ހ. ފަތިހުގެ އަލި އަދި އުމުރުން 27 އަހަރުގެ މޫސާ ނާސިހު، މާލެ، މއ. ސީރިއަޒުގެއެވެ.
ފަރްހާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ހަޖާފައި ވާއިރު، ނާސިހުގެ ބަންދަށް ޖަހާފައި ވަނީ، ފަސް ދުވަހެވެ.
މި ދެމީހުންގެ މައްޗަށް ވެސް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރިކަމުގެ ތުހުމަތެވެ.
އެ ތަކެތީގެ އަގު 26 މިލިއަން ރުފިޔާއަށް އަރާ ކަމަށް ހޯލްމޭންޑު މިނިސްޓަރު އަލީ އިހުސާން އެރޭ ކުރެއްި ޕޯސްޓުގައި ވިދާޅުވިއެވެ.
ގުޅުންހުރި ލިޔުންތައް