މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހްމަދު ޒިލާލް އެ މަގާމުން ވަކިކޮށްފިއެވެ.
މިކަން ހާމަކޮށް އޮފީހުގެ ސްޕޯކްސްޕާސަން ހީލާ ވަލީދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ އެ މަގާމުން ވަކިކޮށްފައި ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނަށް އޭނާ ދޮގު ބަޔާނެއް ދިން މައްސަލައިގައި ކަމަށެވެ.
އެގޮތުން މި މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވަނީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނުއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑު އެއްބަފާ ބޭބެ ދާއޫދު ވަނީ ހާދިސާ ހިނގި ދުވަހުގެ އެކި ވަގުތުތަކުގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ މުއާމަލާތުކޮށް ވާހަކަ ދައްކާފައި ކަމަށެވެ.