މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފިއެވެ.
އެ މަގާމަށް ޒަމްއަތު އައްޔަން ކުރުމަށް މަޖިލިހުން ރުހުން ދީފައިވަނީ ބްރޮޑްކޮމްއަށް އައްޔަން ކުރުމަށް މަޖިލިހަށް ރައީސް ހުށަހެޅުއްވި 6 ނަން ދިރާސާ ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ހޯއްދަވައިގެންނެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ހުށަހެޅުނު އެހެން ނަންތަކުގެ ތެރޭގައި އިބްރާހިމް އަޝްރަފް، މޫސާ ރިލްވާން، ޒީނާ ޒާހިރު، އަލީ ޔޫސުފް އަދި ޝިމްލާ އަހުމަދު ހިމެނެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ބްރޯޑްކޮމްއަށް އައްޔަންކުރުމަށް ޒަމްއަތަށް ރުހުން ދީފައިވަނީ 56 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.
ޒަމްއަތަކީ ދިވެހިރާއްރާއްޖޭގެ އަޑު، ޕަބްލިކް ސަރވިސް މީޑިއާ އަދި ވީޓީވީގައި މަސައްކަތް ކުރި ތަޖުރިބާކާރު ނޫސްވެރިއެކެވެ.
އަދި މިހާރު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ އިސް މަގާމެއްގައެވެ.