މާލެދަތުރުކުރަމުން ދިޔަ ލޯންޗެއްގެ ވިންޑް ސްކްރީން ތަޅައިގެން ގޮއްސި
ޔޫޝައު ހަސަން | 16 ޖޫން 2025

އއ. އަތޮޅުން 12 މީހުންނާއެކު މާލެއަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއްގެ  ވިންޑް ސްކްރީން ތަޅައިގެން ގޮސް ގެއްލުން ވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ  ”ސަނޯރާ ވޭކް“ ނަމަކަށް ކިޔާ މި ލޯންޗެއްގެ ވިންޑް ސްކްރީން ތަޅާއިގެން ގޮސް ލޯންޗަށް ފެން އަރަމުންދާ ކަމުގެ މައުލޫމާތު  މިއަދުގެ 08:08 ހާ އިރު ލިބިފައިވާކަމަށެވެ.

އެގޮތުން މި ހާދިސާ ހިނގައިފައިވަނީ ކ. ގިރާވަރު ކައިރިންކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ލޯންޗުން ދަތުރު ކުރި 12 މީހުން ރައްކާތެރި ކަމާއެކު މާލެ ގެނެވިފައި ވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް