ފުވައްމުލަކުގައި މާރާމާރީއެއް ހިންގައި ޒުވާނަކަށް އަނިޔާވެއްޖެ
ޔޫޝައު ހަސަން | 11 ޖޫން 2025

ރޭ އިރާކޮޅު ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ރޭ 20:54 ހާއިރު ފުވައްމުލަކުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށާއި އެ މާރާމާރީގައި 18 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައި ވާކަމަށެވެ.

އެގޮތުން އެ ޒުވާނާގެ ނޭފަތާއި، އަނގަމަތި ފަޅައިގެން ގޮސް ކަނާތު ކޯމަތި ދުޅަވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާއަށް އިތުރު ފަރުވާދިނުމަށްޓަކައި އައްޑޫ ސިޓީއަށް ގެންގޮއްސައިވާއިރު މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް