ޝެއިޚް ފަރީދު ކުއްލިގޮތަކަށް އަވަހާރަވެއްޖެ
ޔޫޝައު ހަސަން | 10 ޖޫން 2025

ދީނީ ޢިލްމު ފެތުރުމުގެ ރޮނގުން އަގު ނުކުރެވޭ ގިނަ ޚިދުމަތްތަކެއް ކުރެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ އިބްރާހީމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.

ޝައިޚް އަވަހާރަވެފައި ވަނީ ހިދުމަތް ޖަމްއިއްޔާގެ ޓީމަކާއެކު ދަތުރެއް ކުރެއްވުމަށްފަހު މެލޭޝިޔާއަށް ވަޑައިގެންފަހުން މެލޭޝިޔާގެ އެއަރޕޯޓްގައެވެ.

ޝެއިޚް އަވަހާރަވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ތައުޒިޔާ ދަންނަވާފައެވެ. އޭގެ ތެރޭގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

ޝައިޚު ފަރީދު ރާއްޖޭގެ އެކި ރަށްރަށުގައި ދީނީ ދަރުސްތައް ދެއްވާއިރު، އެ ދަރުސްތަކުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެއެވެ.

ގުޅުންހުރި ލިޔުންތައް