ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހަސް ރައީސް ނަން ފޮނުވި މި ދެބޭފުޅުންނަށް ރުހުން ދިނުމާއި މެދު ގޮތެއް ނިންމުމަށް ހަމަ އެދުވަހު ވަނީ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
މި ދެބޭފުޅުންނަށް ރުހުން ދީފައިވަނީ ކޮމިޓީގައި ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެ ކޮމިޓީގައި ޕީއެންސީގެ މެންބަރުންގެ އިތުރަށް އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ތިއްބެވިއެވެ.
ސުޕްރީމް ކޯޓުން ދެ ގޮނޑި ހުސްވީ، ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުންނެވެ.