މަސްހިފަން ގޮސް އުޅެނިކޮށް ގެއްލުނު މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ
ޔޫޝައު ހަސަން | 04 ޖޫން 2025

ލ އަތޮޅު މަހަކަންފުށި ކައިރިއަށް ދާ އަޅައިގެން މަސްހިފަން ގޮސް އުޅެއްނިކޮށް މިއަދު ހެނދުނު ގެއްލިގެން ދިޔަ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.

މަސްހިފަން ގޮސް އުޅެނިކޮށް މިއަދު ހެނދުނު ގެއްލިގެން ހޯދަމުން ދިޔައީ ލ ގަމު ތުނޑީ، ފެސްފަރި އަބުދުލްސަމަދު މުހައްމަދު (ސަމަދު) އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ލ. މަހަކަންފުށި ކައިރިއަށް ދާ ޖަހަގެން މަސް ހިފަން ގޮސް އުޅުނު މީހަކު ގެއްލުނު ކަމުގެ މައުލޫމާތު  މިއަދު 9:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ސަރަހައްދު މޫދު އަޑީގައި އޮއްވާ ފެނިފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް