ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެއަރޕޯޓަށް ފުރަން ދާ މީހުން އަވަހަށް ޗެކިންވުމަށް ދިއުމަށް މޯލްޑިވްސް އެއާޕޮޓް ކޮމްޕެނީ (އެމްއޭސީއެލް)އިން އެދިއްޖެއެވެ.
އެކުންފުނީގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެއާޕޯޓް ސަރަހައްދުގައި މަގު ހެދުމުގެ މަސައްކަތެއް ކުރަމުން ދިއުމުގެ ސަބަބުން ޓްރެފިކް ވަރަށް ބާރުބޮޑު ވެފައިވާކަމަށެވެ.
https://x.com/MACLmedia/status/1930155238511784345
އެއަރޕޯޓްގައި ކުރިއަށް ދަނީ އާ ޓާމިނަލްގެ ކުރިމައްޗަށް އޮންނަ މަގު ހެދުމުގެ މަސައްކަތް ކަމުގައި އެމްއޭސީއެލުން ބުނެފައިވެއެވެ.
އެހެންކަމުން ދަތުރުވެރިން އަވަހަށް އެއާޕޯޓަށް ގޮސް ޗެކްއިންވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި ލިޔުންތައް