ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ގްރޭޓާރ މާލެ، ވިލިމާލޭގެ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މިއަދު ހެނދުނު ގަދަވި ވައިގައި ހުޅުމާލޭގައި ޕެވެލިއަން ގޭގެ ފުރާޅު ޓިނުތައް ނެއްޓިފައިވާކަމަށާއި ހާދިސާގެ ރިޕޯޓް ލިބުމާއި ގުޅިގެން އެންއެންޑީއެފްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިީފައިވާކަމަށެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މިއަދާއި މިރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދުގެ ހެނދުނު 09:15 އިން ފެށިގެން މިއަދުގެ މެންދުރުފަހު 15:00 އާއި ހަމައަށް ކ، އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ.
ގުޅުންހުރި ލިޔުންތައް