ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ފެލްޓް ލިބުނުފަހުން، ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން ފްލެޓްތައް އަތުލި އެންމެނަށް ފްލެޓް ދޭނެ ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ޕީއެސްއެމް“އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ކުރިން ފްލެޓް ލިބުމަށްފަހު ފްލެޓް ގެއްލުނު ހުރިހާ ފަރާތްތަކަށްވެސް މިސަރުކާރުގެ ހައުސިން ޕްރޮޖެކްޓްތަކުގެ ތެރެއިން ފްލެޓެއް ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ފައިނަލް ލިސްޓަށް އަރާފައި ތިބި އެތައް ބައެއްގެ އަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެލްޓްތައް އަތުލެއްވުމަކީ އެއްވެސް ކަހަލަ އިންސާފަކުން ކުރެއްވި ކަމެއް ނޫންކަމަށެވެ.
ހަމައެޔާއެކު ރައީސް ވިދާޅުވި ފަރާތަކުގެ ތެރެއިން ފްލެޓް ގެއްލުނު ފަރާތްތަކުގެ ތެރެއިން އެެއްވެސް ފަރާތަކަށް މިހާރު މިހިންގާ ގެދޮރުވެރިޔާ ސްކީމް ނުވަތަ އެހެން ސްކީމެއް ނުވަތަ މިދިޔަ ސަރުކާރުން ފެށި ސްކީމެއްގެ ތެރެއިން ފްލެޓެއް ލިބިފައިވާނަމަ އެފަރާތެއް އިސްތިސްނާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.