ސުލޫކާއި ހިލާފުވި ދެ ވަކީލެއްގެ ހުއްދަ ހިފަހައްޓައިފި
ޔޫޝައު ހަސަން | 29 މެއި 2025

ގާނޫނީ ވަކީލުންގެ ސުލޫކާއި ހިލާފުވި ދެ ވަކީލަކާއި ދެކޮޅަށް ފިޔަވަޅު އަޅައި އެ ދެފަރާތުގެ ވަކީލުކަން ކުރުމުގެ ހުއްދަ ބާ ކައުންސިލުން ހިފަހައްޓައިފިއެވެ.

މިކަމާއި ގުޅިގެން ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2021 އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި ވަކީލް މެހެނާޒް ހުސައިނަށް ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް ވަކީލު ޒުންނަވާރު ސަލީމް އެ ސިއްކައިގައި މެހެނާޒް ސޮއިކޮށް އެއްބަސްވުން، ނޮޓަޒަރައިޒްކޮށްފައިވާކަމަށް ބަޔާންކޮށް، ދެ ވަކީލުންނަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ސުލޫކީ ޝަކުވާއާ ގުޅިގެން ދެ ވަކީލުންނަށްވެސް ދޫކޮށްފައިވާ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ދެ ވަކީލުންގެ އަމަލަކީ ޕަބްލިކް ނޯޓަރީގެ ހިދުމަތުގެ ސައްހަކަމާމެދު އާންމުންގެެ މެދުގައި، ސުވާލު އުފެދޭނެފަދަ އަމަލުތަކެއް ކަމަށާއި އަދި އެކަމަކީ އާންމު މުޖުތަމައުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި، މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެކަމެއް ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

އަދިއެއީ ގާނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ އަމަލުތަކެއްކަން، ފާހަގަކޮށް އެ އަމަލުތަކަކީ ގާނޫނާ ހިލާފު އަމަލުތަކެއްކަމަށް ކަނޑައަޅައި މެހެނާޒްގެ ވަކީލުކަމުގެ ހުއްދަ 12 މަސް ދުވަހަށް އައި އަލްއުސްތާދު ޖުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާކަމަށް ބާ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް