އިމިގްރޭޝަން އޮޕަރޭޝަންތަކުގައި ބޮޑީ ކެމެރާ ބޭނުންކުރަނީ
ޔޫޝައު ހަސަން | 25 މެއި 2025

މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ޔުނީފޯމްގައި  ބޮޑީ ވޯން ކެމެރާ ހަރުކޮށްގެން ބޭނުންކުރަން ފެށުމަށް ނިންމައިފިއެވެ.

އިމިގްރޭޝަންނުން އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށް ބުނެފައިވަނީ، އިއްޔެ އެ އިދާރާގެ ފަރާތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުން ކުރަން ފަށައިފައިވާކަމަށެވެ.

އިއްޔެގެ އޮޕަރޭޝަންގައި ޖުމުލަ 3 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފައި ވަނީ، އެ އިދާރާގެ އޮފިސަރުންތަކެއްގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލަމުންދާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައިގައި ތުހުމަތުކުރަނީ، އިމިގްރޭޝަންގެ އުސޫލުތަކާ ޚިލާފަށް ބިދޭސީންތަކެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާ އަތުލައިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް